ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ހަނިމާދޫއަށް ވަޑައިގެން އެ ޕާޓީގެ ބޮޑު ދިދަ ނަންގަވައި ދެއްވައިފިއެވެ.
މިއަދު ހަވީރު އެމަނިކުފާނު ހަނިމާދޫއަށް ވަޑައިގެން ޑިމޮކްރެޓްސް ޖަގަހަށް ވަޑައިގެން އެ ޕާޓީގެ ބޮޑު ޖަގަހައިގައި ވަނީ ބޮޑު ދިދަ ނަންގަވައި ދެއްވާފައެވެ.
ހަނިމާދޫގައި ޑިމޮކްރެޓްސްގެ ޖަގަހައަކީ މީގެ ކުރިން އެމްޑީޕީ ޖަގަހައިގެ ގޮތުގައި ބޭނުންކުރި އިމާރާތެވެ.
ބޮޑު ދިދަ ނަންގަވައި ދެވުމަށްފަހު އެމަނިކުފާނު ވަނީ ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރެވުމަށް ދޮރުން ދޮރަށް ހިންގަވާފައެވެ.