އއ. ބޮޑުފޮޅޫދޫ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

ޚަބަރު ފަހުގެ

އއ. ބޮޑުފޮޅޫދޫ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން އަށް ހެކްޓަރުގެ ބިން ހިއްކައި، 180 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ޖަހައި 1،052 މީޓަރުގެ ސަރަހައްދެއްގައިރިވެޓްމެންޓު ޖެހުމުގެ އިތުރުން 110 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢުގައި ބޭނުންކުރާ ޑްރެޖަރއަކީ މީގެ ކުރިން ހއ. އިހަވަންދޫ އަދި ށ. މަތި ކޮމަންޑޫ އަދި އއ. އުކުޅަހުގެ މަޝްރޫޢުތަކުގައި ބޭނުންކޮށްފައިވާ ޑްރެޖަރއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސައްކަތްކުރުމުގެ ތެރެއިން މިދިޔަ މަހުގެ އަށްވަނަ ދުވަހުގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން، ބޮޑުފޮޅުދޫ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 74.12 މިލިއަން ރުފިޔާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ