އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ވަހަކަތަކެއް

ފަހުގެ ސިޔާސީ

އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، އިންޑިއާ ސިފައިން ތިބޭ ވާހަކަތައް ހިމަނައިގެން، އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރު އެސް ޖަޔަޝަންކަރުގެ ނަމުގައި ފަތުރަމުންދަނީ ހަގީގަތާއި ހިލާފު  ސިޓީތަކެއް ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

މި ސިޓީތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރާއި އިންޑިއާ ސަރުކާރަށް ނިސްބަތްކޮށް ފޭކް ސިޓީތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްކޮށްލުމަށް ކުރަމުންދާ އެ މަސައްކަތަކީ ހަގީގަތެއް އަސާސެއް ނެތް މަސައްކަތެއް ކަމަށާއި، އެ ވާހަކަތައް ދޮގުކުރާކަމަށް އޭނާވަނީ ބުނެފައެވެ.މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަން ތަހުގީގުކޮށް ދޮގު މައުލޫމާތު ފަތުރާ މައްސަލަ ބަލައިފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ފޮރިން ދާއިރާގެ އެކްސްޕާޓެއް މިކަމާއި ގުޅިގެން ބުނެފައިވަނީ ދައުރުކުރަމުންދަނީ ފޭކް ސިޓީއެއް ކަން ސާފުވާކަމަށެވެ. ސަބަބަކީ އެފަދަ ސިޓީތަކުގައި އަދިވަކިން ހާއްސަކޮށް ރަސްމީ ސިޓީތަކުގައި ބުލެޓް ޕޮއިންޓަށް ނަންބަރުތައް ޖަހާފައި ނުހުންނާނެ ކަަމަށާއި، ސިޓީގައި ބޭނުންކޮށްފައިވާ ފޮންޓަކީ ރަސްމީފޮންޓެއް ނޫން ކަމަށެވެ.

ހަމައެގޮތަށް ރަސްމީ ސިޓީތަކުގައި ވަކި ގޮތަކަށް ފޮންޓް ބޭނުންކޮށް، ސިޓީ ލިޔެފައި ހުންނާނީ ވަކި ބައްޓަމަކަށް ކަމަށެވެ. މީގެ އިތުރުން ރަސްމީ ސިޓީތަކަކީ ޕްރޫފް ރީޑްކޮށް، ސްޕެލިން ޗެކްކޮށް ފޮނުވާ ސިޓީތަކެއް ކަމަށާއި، އެ ސިޓީތަކުގައި ގްރާމާ ކުށްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިޓީތަކަކީ ފޭކް ސިޓިއެއްކަން ޔަގީންވާ އަނެއް ސަބަބަކީ ރަސްމީ ލިޔެކިޔުންތަކުގައި “am honoured” ފަދަ ބަސްތައް ބޭނުން ނުކުރާނެކަމަށާއި، އެގްރީމެންޓެއްގެ ވާހަކަ ލިޔެފައިވާއިރު “agreements” ގެ ބަދަލުގައި “agreement” ޖަހާފައިވާ ކަމަށެވެ. އަދި މި ސިޓީތަކުގައި ހުރި އިމްލާކުށްތަކަށް ބަލާއިރު މިއީ ޑިޕްލޮމެޓިކް މުއާލަމާތްތަކުގައި ނުހުންނާނެ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ޖައިޝަންކަރު ފަދަ ބޭބޭފުޅުންގެ ސޮއަކީ ގޫގޫލް އިންވެސް ނެގޭނެ ސޮއެއް ކަމަށާއި، ސިޓީގައި ޖަހާފައިވާ ސޮއަކީވެސް އެފަދަ ގޮތަށް ޖަހާފައިވާ ސޮއެއް ކަމަށެވެ. އެ ސޮއިވެސް ފޭކް ކަމަށާއި، އެކަން ގްރަފޮލޮޖިސްޓުން ބުނާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ