ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ސިޓީ ހަދައިދޭނަން – ރައީސް ސޯލިހު

ފަހުގެ ސިޔާސީ

ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހަދައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ދެވަނަ ދައުރެއް އެމަނިކުފާނަށް ލިބިއްޖަނަމަ އައްޑޫގެ ތަރައްޤީއަށް ކުރައްވާނެ ކަންތައްތައް ވިދާޅުވެދެއްވާފައެވެ. އޭގެ ތެރޭގައި ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދައިދޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބިޒްނަސް އިންކިއުބޭޝަން ސެންޓަރާއި ކޯ ވޯކިންގ ސްޕޭސް އަދި ކޮންފަރެންސް ފެސިލިޓީއެއް އައްޑޫ ސިޓީގައި ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން އިކޯ ޓޫރިޒަމް އައްޑޫގައި ތަރައްޤީކުރުމާއި، ޒަމާނީ ފެންވަރަށް މަގު ހެދުމާއި ބޯހިޔަވާހިކަން ހައްލު ކުރަން 1000 ފްލެޓް އެޅުމާއި، ގެދޮރު ހެދުމަށްފައިސާ ލިބޭނެ ލުއި ގޮތެއް ހަމަޖައްސައިދިނުމާއި، އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރުމާއި، ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި އަދި އާރްޓީއެލުން އައްޑޫ ގުޅާލުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ