ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޚަބަރު ފަހުގެ

މިރޭ ހުޅުމާލެ ބޭރުން 2 ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 5 މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިރޭ 8:09 އެހާއިރު ހުޅުމާލެ ފަޅަށް ވަންނަ ދިމާލުން ބޭރުގައި 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓުން އެ ހާދިސާ ހިނގިތަނަށް ދިޔައިރު، މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން އެއް ސްޕީޑްބޯޓަކީ ޖޯއީ އައިލެންޑުން އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށާއި، އޭގައި 13 ގެސްޓުންނާއެކު 3 ފަޅުވެރިން ތިބި ކަމަށެވެ. މި އުޅަނދުގައި ތިބި މީހުންނަށް ކުދިކުދި ހާނިއްކަތައް ލިބިފައިވާއިރު، ފަތުރުވެރިން ފުރުވުމަށް އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަނެއް ސްޕީޑްބޯޓަކީ ލިއޯ ޓްރޭޑިންގ އަށް ނިސްބަތްވާ ބޯޓެއް ކަމަށާއި، ދަތުރުކުރަމުން ދިޔައީ އޭގެ 8 މުވައްޒަފުންނާ 2 ފަޅުވެރިންނާއެކު ކަމަށެވެ. މި އުޅަނދުން 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެމީހުން ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމަށް ގެންގޮސްފައިވާ ކަމަށެވެ.

އިތުރަށް އެމްއެންޑީއެފުން ބުނީ މި ބޯޓު ދުއްވަން އިން ކެޕްޓަންގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެ އުޅަނދުތަކުން އެއްވެސް މީހަކު ގެއްލިފައި ނުވާކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ