ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަނިމާދޫގައި ފަށައިފި

ހަނިމާދޫ ފަހުގެ

ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަނިމާދޫގައި ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ހަނިމާދޫގައި ދެ ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ހަނިމާދޫ 1 ނަންބަރު ވޯޓު ފޮށި ހަނިމާދޫ ސައަދާ ޕުރީ ސްކޫލްގައި ބަހައްޓާފައި ވާއިރު، މިފޮއްޓަށް 772 މީހުން ވޯޓުލާނެއެވެ. ހަނިމާދޫ 2 ނަންބަރު ވޯޓު ފޮށި ބަހައްޓާފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައެވެ. މިފޮއްޓަށްޖުމުލަ 576 މީހުން ވޯޓު ލުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު 8 ޖެހިއިރު ހަނިމާދޫގައި ބަހައްޓާފައިވާ ދެފޮށީގައި ވެސް ވޯޓު ލާން ފެށިފައި ވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެވަގުތު ވޯޓު ލުމަށް ނުކުމެފައެވެ.

މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،395 މީހަކަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000 އަށްވުރެ ގިނަމީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 285،219 ވޯޓު ކަރުދާސްޗާޕްކޮށްފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބެހެއްޓި އިންތިޚާބެވެ. ރާއްޖެއިން ބޭރުން އާބާދާބީގެ އިތުރަށް ދިވެހިން ދިރިއުޅޭ އިތުރު 4 ޤައުމެއްގައިވެސް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު އަދި އިނގިރޭސި ވިލާތުގެ ލަންޑަންގައެވެ. މި އިންތިޚާބުގައި 65 ރިސޯޓެއްގައިވެސް ވޯޓުފޮށި ބަހައްޓާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ