މިހާތަނަށް 36 ހާހަށްވުރެ ގިނަ މީހުން ވޯޓު ލައިފި

ޚަބަރު ފަހުގެ

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން 8.00 ގައި ފެށިފައި ވާއިރު، މިއަދުގެ 10:00ގެ ނިޔަލަށް 36 ހާސް މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސްކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީއިން ބުނީ، ވޯޓުލާން ފެށިތާ ދެ ގަޑިއިރު ތެރޭގައި ޖުމުލަ 36163 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި13760 އަންހެނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން މިހާތަނަށް ވޯޓު ލާފައި މިވަނީ، ވޯޓު ލެވޭ އާބާދީގެ 12.8 އިންސައްތަ މީހުންނެވެ. މިހާތަށް ވޯޓު ނުލާ ވަނީ 246232 މީހުންނެވެ. އެއީ 87 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ހަވީރު 4.00 އާ ހަމައަށް ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ