އިލްޔާސް ލަބީބު އަދި ރައީސް ނަޝީދު ވޯޓުލައްވައިފި

ޚަބަރު ފަހުގެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު އަދި އެ ޕާޓީއަށް ނިސްބަތްވާ،ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ. ދެ ބޭފުޅުންވެސް ވޯޓު ލާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

ވޯޓުލެއްވުމަށްފަހު ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވީ ވޯޓު ކަރުދާސްކޮޅަކީ ވަރަށް މުހިންމު ކަރުދާސްކޮޅެއް ކަމަށާއި، ވޯޓުގެ ކަންތައް ނިންމަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް މި އިންތިހާބުން ނިކުންނާނެ ކަމަށް އުންމީދުކުރައްވާކަންވެސް ވިދާޅުވުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ވޯޓު ލާފައި ވަނީ އިލްޔާސްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މުހައްމަދު ނާޒިމް، ޑރ. މުހައްމަދު މުއިއްޒު، ގާސިމް އިބްރާހިމް، އަހުމަދު ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ. އެހެންކަމުން މިހާރު ވޯޓު ނުލަނީ އުމަރު ނަސީރު އެކަންޏެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ