ހަނިމާދޫގައި ބަހައްޓާފައިވާ 2 ނަންބަރު ވޯޓު ފޮށި ބަންދު ކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ބަހައްޓާފައިވާ 2 ނަންބަރު ވޯޓު ފޮށި ބަންދު ކޮށްފިއެވެ. މި ފޮށި ބަންދުކުރީ 16.18 ގައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ހަނިމާދޫގައި ދެ ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ހަނިމާދޫ 1 ނަންބަރު ވޯޓު ފޮށި ހަނިމާދޫ ސައަދާ ޕުރީ ސްކޫލްގައި ބަހައްޓާފައި ވާއިރު، މިފޮއްޓަށް 772 މީހުން ވޯޓުލުމަށް ހަމަޖެހިފައިވެއެވެ. ހަނިމާދޫ 2 ނަންބަރު ވޯޓު ފޮށި ބަހައްޓާފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައެވެ. މިފޮއްޓަށް ޖުމުލަ 576 މީހުން ވޯޓު ލުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ 2 ނަންބަރު ވޯޓު ފޮށީގެ ތަފްސީލް:

*ބަންދުކުރި ގަޑި: 16.18

* ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ: 576

* ލިބުނު ކަރުދާހުގެ ޖުމުލަ: 881             

* ވޯޓުލީ އަދަދު: 483

* އަންހެން: 248

* ފިރިހެން: 235

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ