ޤާސިމްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި

ފަހުގެ ސިޔާސީ

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްއަށް ވޯޓުދެއްވި ރައްޔިތުންނަށާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޖުމްހޫރީ ޕާޓިން ޝުކުރު ދަންނަވައިފިއެވެ.

މިއަދު ޖުމްހޫރީ ޕާޓިން ނެރުނު ނޫސްބަޔާނުގައި، އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުންނަށް މަރުޙަބާ ކިޔާފައިވެއެވެ. މީގެ އިތުރުން، އިންތިޚާބުން ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތި ކަމަށް އެޕާޓީން ކުރާ މަސައްކަތުގައި ދެމި ތިބޭނެކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމައެއާއެކު އިންތިޚާބުގެ ދެވަނަ ބުރާ މެދު ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ