ރައީސް ސޯލިހާ އަލުން ގުޅެވެން ނެތް – ނަޝީދު

ފަހުގެ ސިޔާސީ

އަލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ގުޅެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ދާދިފަހުން އެމްޑީޕީ އާ ގުޅިވަޑައިގަތް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގެ ތިބި ރައްޔިތުންގެ ވޯޓު ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން މި ފިކުރު އެއްކޮށްފައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޖާބިރު ވަނީ ޑިމޮކްރެޓްސް އާ އެކު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް ގޮވާލައްވައިފަ އެވެ.

“ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށް..، ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ،” ޖާބިރު ގޮވާލެއްވި އެވެ.

ޖާބިރުގެ ވާހަކަތައް ހުއްޓުވައި އޭގެ ޖަވާބެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، “…އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،” ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ