ޑރ. މުޢިއްޒުގެ ގިނަ ވޯޓުތައް ވަނީ ބާތިލުކޮށްފައި – ތޮލާލް

ފަހުގެ ސިޔާސީ

ޑރ. މުޢިއްޒުގެ ގިނަ ވޯޓުތައް ވަނީ ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައި ކަމަށް ޑރ. މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ތޮލާލް ވިދާޅުވީ ނިމިގެންދިޔަ އިންތިހާބުގައި ބާތިލު ވީޓު ވަރަށް ގިނަ ކަމަށާއި، ޚާއްޞަކޮށް ކެންޑިޑޭޓް ނަންބަރު 4، ޑރ. މުޢިއްޒުއަށް ފާހަގަ ޖަހާފައިވާ ގިނަ އަދަދެއްގެ ވޯޓު ބާތިލުވެފައި އެބަހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެތެރޭގައި ފާހަޖަ ޖެހުމުގައި އުނދަގުލެއް ހުރި ނޫނީ ތުރުތުރުގެ ސަބަބުން ނޫނީސާރފޭސްގެ ސަބަބުން ފާހަގައަށް އަންނަ މައްސަލަތަކާ ގުޅިގެން ގިނަ ވޯޓުތަކެއް ބާތިލުވެފައި ހުރިކަމަށް ފާހަގަކޮށްލެވޭ ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި ބާތިލު ނުވާ އެތައް ވޯޓެއްވެސް ބާތިލުކޮށްފައި އެބަހުރިކަމަށާއި އެކަމުގެ ޝަކުވާތައް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ހުށަހަޅާފައިވާނެ ކަމަށްވެސް އަެނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެޗްއާރުސީއެމްވެސް ބައިވެރިވި ކަމަށާއި، އެކި ތަނުގައި ވޯޓު ބާތިލުކޮށްފައި ވަނީ އެކި ގޮތަށް ކަމަށް ތޮލާލް ވިދާޅުވުއެވެ. ހަމައެއާއެކު ބާތިލުކަމަށް ފެންނަ ވޯޓުތައްވެސް ޞައްޙަ ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ