ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުއަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 44 މީޓަރުގެ އެއްގަމު ތޮށި ލުމާއި، އެލްބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއިން ވަނީ ކޮށްފައެވެ.

މީގެ އިތުރުން 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާ، ޖެޓީ ސަރަޙައްދު ޙިމާޔަތްކުރުމާއި، 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިންހިއްކުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ކޮށްފައެވެ.

ޖެޓީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު ކައިރި ރަށްރަށުން ހޯރަފުށީ އެއާޕޯޓަށް އަންނަ މީހުންނަށް އެއާޕޯޓަށް އެރުމާއި ފޭބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ