ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގިނަ އެންގުންތަކެއް އަންގައިފި

ޚަބަރު ފަހުގެ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގިނަ އެންގުންތަކެއް އަންގައިފިއެވެ.

މިއަދު ނެރުނު ސަރކިއުލަރއެއްގައި ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރުގެ ބާރުތައް އައު ސަރުކާރަށް ބަދަލުކުރުމުގެ މި މަރުޙަލާގައި ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެދޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ސަރކިއުލަރގައި ވަނީ އިންތިގާލީ މަރުހަލާގައި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން ވިޔަފާރި ކުރާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލު ކުރަންވީ ގޮތްތައް ހާމަކޮށްފައެވެ.

އެގޮތުން ކުންފުނިތަކުން އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށުމާއި، ބޮޑު ހަރަދު ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށާއި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ގަވާއިދުތަކާއި އުސޫލުތައް ނިންމުންތަކަށް ބަދަލެއް ނުގެނައުމަށާއި، މުވައްޒަފުންނަށް މުސާރައާއި އިނާޔަތާއި ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުނުގެނައުމަށާއި، ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން އިންތިގާލީ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެ ކޮމިޓީއަށް ބޭނުންވާ ލިޔެކިއުންތަކާއި، މައުލޫމާތު ފަސޭހައިން ލިބޭނެއިންތިޒާމް ހަމަޖައްސާ ދިނުމަށާއި އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ޒިންމާދާރު އަދިހާމަކަންބޮޑު ގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ނިންމުމަށް ކުންފުނިތަކުގެ ބޯޑުތަކަށްވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ