ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް އިނާޔަތް ލިބޭގޮތަށް ހަމަޖައްސައިފި

ޚަބަރު ފަހުގެ

ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭގޮތަށް އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާކުރެއްވުމަށްފަހު ޕޭފްރޭމްވަރކަށް ހިޖުރަކުރި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީއިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މި ނިންމެވުންތައް ނިންމަވާފައިވަނީ ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު، ޕޭފްރޭމްވަރކަށް ހިޖުރަކުރުމުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ވެސް ޤަބޫލުކުރެއްވޭތީ ކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.

އަދި ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކު އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވާ، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ މަތީންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން މި ނިންމެވުންތަކާއެކު ޞިއްޙީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ