އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލާ ބިލު ފާސްކުރަން ގޮވާލައިފި

ޚަބަރު ފަހުގެ

ކުރިން އެންގުމަކާ ނުލައި މާލޭގައި އެއްވުން މަނާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރިން އެންގުމަކާ ނުލައި، ހުއްދަ ހޯދުމެއް ނެތި އެއްވުން މަނާކޮށްފައި ވަނީ ގާނޫނު އަސާސީއާއި ރާއްޖޭން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާ ހިލާފަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުން މަނާ ކުރާ މާއްދާ އުވާލުމުގެ ބިލު 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި އެ އިސްލާހު އުވާލުމަށް ހުށަހަޅާފައިވާ ބިލު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެ ކޮމިޝަނުން އެދިފައިވާނެކަމުގައެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު، އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ