ރައީސް ޔާމީނާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ

ފަހުގެ ސިޔާސީ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާދަމާ މާފުށްޓަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަަމަޖައްސަވައިދެއްވުމަށް މަޖިލީހުގެ އަމީންއާންމަށް ދަންނަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅަކަށް ގާނޫނުއަސާސީގައި ބުނާ އަދަދަށް ވޯޓު ލިބިފައި ނުވާތީ މިއީ ވަރަށް ހައްސާސް ވަގުތެއް ކަމަށެވެ. އިތުރަށް ވިދާޅުވީ ނަތީޖާ ލިބިފައިވާ ގޮތުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކެންޑިޑޭޓުން ކޯލިޝަން ހެދުމަށް މަޖުބޫރުވެފައިވާ ކަމަށާއި އެކަމަކު އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި އެމްޑީޕީއަށްހުށަހެޅުމުން ޕީޕީއެމް އިން އެކަމާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެމްޑީޕީން ޖަވާބެއް ނުދޭ ކަމަށާއި ނަމަވެސް އެ ޕާޓީން ޖަވާބެއްނުދިނަސް ޑިމޮކްރެޓުން ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފައާއި މަޝްވަރާވެސް ބޭނުންވާތީ މާދަމާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނަތީޖާއާއި ގުޅިގެން އެމަނިކުފާނަށް ދެވަނަ ބުރެއް ކާމިޔާބުކުރެއްވިދާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ. ރައީސް ސޯލިހް ދެވަނަ ބުރެއް ކާމިޔާބު ކުރެއްވުމަށް ވަރަށް ގިނަ ވޯޓުފުރޮޅާލަންޖެހޭނެ ކަމަށާއި އަދިއެކަމަކު ވާދަވެރި ކެންޑިޑޭޓާ އެކު އޮތް ފަރަގު ބޮޑު ކަމުން އެއީ ކުރެވިދާނެ ކަމެއްކަމާ ދޭތެރޭ ރައީސް ނަޝީދު ސުވާލު އުފެއްދެވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ހިޔާލަކަށް އަލުން ދާން ޖެހޭ ކަމަށެވެ. އެކަން ނުކޮށް ގައުމަށްމޮޅެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. 15000 ވޯޓު ލިބުނީމާ ދެން މޮޔަ ނުގޮވާ ހުންނާށެވެ. އެއް ބަރުލަމާނީއެއްވެސް އަޔަކަ ނުދޭނަމެވެ. ގާސިމް ބުނާހެން ރެލިވަންޓެއް ނޫނެވެ. ތިޔައީ މާޒީއެވެ.