“ލެތުން” އަށް ލޮގިން ވުމަށް މިހާރު އީފާސް ބޭނުންކުރެވޭނެ

ޚަބަރު ފަހުގެ

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުގެ ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ގެ ލޮގްއިން ކުރެވޭ ބައި، އީފާސްގެ ތެރެއަށްއެއްފަސްކޮށްފިއެވެ.

ޕީޖީގެ އޮފީހުން ބުނީ އެ އޮފީހުން އުފައްދައި، ޢާންމުކޮށްފައިވާ ޖިނާއީ ޢަދުލުގެ ލިޔުންތަކުގެ ޑާޓާބޭސް ކަމަށްވާލެތުން، ރަޖިސްޓަރކޮށްގެން ބޭނުންކުރެވެން އޮތް އޮތުން، މީގެކުރިން ވާނީ އުވާލާފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް، ރަޖިސްޓަރކޮށްފައިވާ މީހުންނަށް ލިބޭ އިތުރު ޚިދުމަތްތަކެއް ހުންނަ ކަމަށާއި އެއީ، ބުކްމާރކް ކުރުމާއި، ނޯޓްސް ނެގުމާއި، އެމީހެއްގެ ނޯޓްސް،އަބަދުވެސް ފެންނާނޭހެން ހުރުމާއި މިބާވަތުގެ ކަންކަން ކަމަށެވެ. އެކަންކަމަށް ލޮގްއިންވުން ބޭނުންތެރިވެއެވެ.

ޕީޖީ އޮފީހުން ބުނީ، ރަޖިސްޓަރވެގެން ބޭނުންކުރެވޭ ބައިވެސް ހަރުދަނާ އުޞޫލަކުން އެއްފަސްކުރެވޭނީ، އީފާސް ލޮގްއިން މެދުވެރިކޮށް ވަދެވޭގޮތަށް ބަދަލުކޮށްލައިގެން ކަމަށް ފެންނާތީ، އެބަދަލު މިހާރު ވަނީ ގެނެވިފައި ކަމަށެވެ.

ލެތުން ވެބްސައިޓުގައި ލޮގްއިން ކުރެއްވުމަށް މިހާރު ބޭނުންކުރައްވާނީ، ސަރުކާރުގެ ރަސްމީ ވެރިފިކޭޝަން ކަމުގައިވާ އީފާސް ވެރިފިކޭޝަނެވެ. މިޚިދުމަތް،އީފާސް މޮބައިލް އެޕުންވެސް މިހާރު ލިބިވަޑައިގަންނަވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ