ނިޒާމީ ވޯޓަކަށް އެމްޑީޕީން އެއްބަސްވެއްޖެ

ފަހުގެ ސިޔާސީ

ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އެއްބަސް ކަމަށާއި،އެހެންނަމަވެސް އެކަން ކުރަން ބޭނުންވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށް އެޕާޓީން ބުނެފިއެވެ.

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ، ނިމިދިޔަ ރިޔާސީ އިންތިހާބުން 15839 ވޯޓާއެކުތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ކޯލިޝަން އެއް ހެދުމަށް މެދުވެރިކުރާ އެންމެ މުހިއްމު ޝަރުތެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ޑިމޮކްރެޓްސްގެ ފަރާތުން ރައީސް ނަޝީދު އެޕާޓީގެ އާއްމު މެމްބަރުންނާއި ބައްދަލުކުރަައްވައި ދެއްކެވި ވާހަކަ ފުޅެއްގައި، އެ ޕާޓީގެ ފަރާތުން،ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަށްވެސް އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށާއި، އެހެންނަމަވެސް، އިދިކޮޅު ޕީއެންސީގެ ފަރާތުން އެހުށަހެޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިންކާރުކުރާ ކަމަށް ބުނެފައެވެ. ވުމާއެކު، އެޕާޓީއިން މިހާރު ވާހަކަ ދައްކަމުން އަންނަނީ ހަމައެކަނި އެމްޑީޕީއާއިއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވައެވެ.

އަދި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް، އެ ޕާޓީއިން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރަން އަވަސްކުރުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ނިޒާމްބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ދެވަނަބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ

ނަމަވެސް ދެ ޕާޓީގެ މަޝްވަރާތަކަށް ފަހު ނިޒާމީ ވޯޓުގެ މައްސަލައިގައި ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެރިކަން ކުރާ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވިއިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އިންޓެރިމް ކައުންސިލްގެ ބައްދަލުވުން އޮތީ މިރެއަށް ތާވަލު ކޮށްފައެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ޕާޓީއަކާ އިއްތިހާދުވުމާ ގުޅޭގޮތުން ރަސްމީ ނިންމުމެއް ނިންމާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ