ޕީއެންސީ-ޕީޕީއެމްގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން – ޑރ. މުއިއްޒު

ފަހުގެ ސިޔާސީ

ބޮމެއް ގޮއްވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް އިންސާފު ހޯދައިދޭނީ ވެސް ޕީއެންސީޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލުސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މެދުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާދިނުމުން ވެސް ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ސަރުކާރުން ސަމާލުކަން ދީފައި ނުވާ ކަމަށެވެ

އިޝްތިހާރު
އިޝްތިހާރު

މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާ، އެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. މި ސަރުކާރުން އެކަމަށްޓަކާ ދޭންވާ ސަމާލުކަން ދީފައެއް ނުވޭ،ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީއެންސީޕީޕީއެމާއެކު ވަޑައިގަންނަވަނީ އިންސާފުވެރި ސަރުކާރެއް ގާއިމު ކުރަން ކަމަށާއި، ވަކި މީހަކު ތަފާތު ނުކޮށް އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށެވެ. ރާއްޖެއަށް ހަމަޖެހުން ގެނެވެން އޮތީ ހަގީގީ މާނާގައި އަދުލު އިންސާފު ގާއިމު ކުރެވިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ