ރައީސް ޑރ.މުއިއްޒު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

ހަތަރު ދުވަހުގެ ދަތުރެފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫސިޓީ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މިއީ އާއްމުންގެ ހާލު ބައްލަވައި، އާންމުންގެ އަޑު އެއްސެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ގިނަ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ދަތުރުފުޅުގެ ތެރެއިން މިރޭ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ރައީސް ވަނީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން ތ. އަތޮޅުގެ ޖުމްލަ 10 ރަށަކަށް ރައީސް ވަނީ ވަޑައިގަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ