ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ޚަބަރު ފަހުގެ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭއިން ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުން، (ސްޓެޕްއެލަވަންސް) ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އިން ދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށް ހަމަޖައްސަންޖެހޭ އިދާރާ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް މައުލޫމާތު ހިއްސާކޮށްފައި ވާކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

އެގޮތުން ޕަރފޯމަންސް އެޕްރެއިޒަލް ފޯމު ފުރިހަމަކުރުމަށްފަހު 05 އޮކްޓޫބަރު 2023ގެ ނިޔަލަށް ފޮނުވޭ ފޯމުތަކަށް އެލަވަންސް ދެވިގެންދާނެ ކަމަށްޑީޖޭއޭއިން ބުނެއެވެ. ޑީޖޭއޭއިން ބުނީ މިހާތަނަށް ނުދެވި ހުރި، މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތު ކަމުގައިވާ 2019، 2020، 2021، އަދި 2022ގެ އެލަވަންސް މިއާއެކު ދެވިގެންދާނެ ކަމަށެވެ. އަދި މިހިނގާ 2023 ވަނަ އަހަރު ވާނީ 2017، 2018ގެ ސްޓެޕް އެލަވަންސް ފައިސާ މުވައްޒަފުންނަށް ދީފައިކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

ޑީޖޭއޭއިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކުރިއެރުން، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސުން ދީފައިވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިފައި ވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ