ކޮވިޑު ލޯނުތަކުގެ އިންޓަރެސްޓު މާފުކޮށްދީ، މުއްދަތު ދަންމާލައިފި

ސިޔާސީ ފަހުގެ

ކޮވިޑުގައި އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ދިން ވިޔަފާރީގެ އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިތުރުކޮށްދެއްވައިފިއެވެ.

މިރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޯޓުޑޯއަށް ހިނގެވިއިރު ބައެއް ފަރާތްތަކުން ދެންނެވި އެއްކަމަކީ ކޮވިޑުގައި ދޫކުރި ވިޔަފާރީގެ އެހީގެ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި އޭގެން ނަގާ އިންޓްރަސްޓް ކަނޑާލުމަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓްރަސްޓް ދެން ދައްކާކަށް ނުޖެހޭނެ އަދި މިހާތަނަށް އިންޓްރަސްޓް ދައްކާފައި ހުރި މީހުންނަށް އެ ފައިސާ ދޭނަން އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރު 10 އަހަރަށް ދަންމާލާނަން” ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފު ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފު ކުރީ 8 ނޮވެމްބަރު 2020 ގައެވެ. އެ ދުވަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 1387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ 1.67 ބިލިއަން ރުފިޔާގެ ލޯނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ