ޑިމޮކްރެޓްސްގެ ރައީސްކަމަށް ކުރިމަތިލުމަށް އަމްރު ނިންމައިފި

ފަހުގެ ސިޔާސީ

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގެމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިރުކޮޅެއް ކުރިން ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އަމްރު ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެއިންޓަރިމް ކައުންސިލުން ޕާޓީގެ އެތެރޭގެ އިންތިޚާބު 2 ޑިސެމްބަރުގަ ބާއްވަން މިއަދު ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަމްރު ވަނީ މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު އޭނާ އަށް ދެއްވުމަށް އެދި ވަޑައިގެންފައެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަމްރު ވަނީ ރައީސް ނަޝީދުއަށް ތާޢީދު ކުރައްވާ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ