ޕޮލިސް ޑެސްކެއްގެ ގޮތުގައި ބުރުނީ ރައްޔިތުންނަށް ދެމުންދިޔަ ފުލުުހުންގެ ހިދުމަތް ޕޮލިސް ޕޯސްޓަކަށް ބަދަލުކޮށް ހިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިއަދު ތ. ބުރުނީގައި ބޭއްވި ރަސްމިއްޔާތުގައި ބުރުނީ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓަގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައިދެއްވީ މިިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
ބުރުނީ ޕޮލިސް ޕޯސްޓް ހުޅުވުމުގައި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ތ. ބުރުނީ ކައުންސިލް މެމްބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.


