އޭއެސްޖީން ދަރަވަންދޫގައި ‘ޕީސް ޑޭ’ ހިނގާލުން ބާއްވައިފި

ޚަބަރު ފަހުގެ

އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ދަރަވަންދޫ ކްރޫއިން އިސްނަގައިގެން ‘އިންޓަނޭޝަނަލް ޑޭ އޮފް ޕީސް’ ހިނގާލުން އިއްޔެ ހަވީރު ބ.ދަރަވަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަހަރުގެ ‘ޕީސް ޑޭ’ ގެ ތީމަކީ Actions for Peace: Our’ Ambition for the #GlobalGoals’  އެވެ. މި ހިނގާލުމުގައި ދަރަވަންދޫގެ މުއައްސަސާތަކުންނާއި، ބ.އަތޮޅު މަދަރުސާގެ ކަބްސްކައުޓް އަދި ސްކައުޓް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދުވަހުގެ ތީމާ ގުޅޭ ޕޯސްޓަރުތައް މިހިނގާލުމުގެ ބައިވެރިން  ބޭނުންކުރިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

1981 ވަނަ އަހަރު ފާހަގަކުރަން ފެށުނު ‘އިންޓަރނޭޝަނަލް ޑޭ އޮފް ޕީސް’ އަކީ ކޮންމެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ ދުވަހެކެވެ. މެސެންޖަރސް އޮފް ޕީސް އިނިޝިއޭޓިވްގެ ދަށުން ފާހަގަކުރާ މި ދުވަހަކީ، މުޅި އަހަރު ދުވަހު ސުލްހައިގެ އަމަލުތައް ހިންގުމަށް އަޒުމް ކަނޑައަޅާދުވަހަކަށް ހެދުމަށާއި، ހޭލުންތެރިކަން އުފެއްދުމާއި، ޒުވާނުންނާއި ލީޑަރުން އިންސްޕަޔަރ ކުރުމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ