ދިވެހިރާއްޖެއާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކޮށްފިއެވެ.
22 ސެޕްޓެމްބަރ 2023 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް، އަދި އިރާނުގެ ފޮރިން މިނިސްޓަރ ޑރ. އާމިރް އަބްދުއްލާހައިން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް ނިންމި ނިންމުން އަލުން ކަށަވަރުކޮށްދީފައެވެ.
ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރި ގުޅުން އިތުރަށް ތަރައްގީ ކުރުމަށް އެއްބަސްވެފައިވަނީ، ދެގައުމުގެ އިސްތިގުލާލަށް އިހުތިރާމްކުރުމާއި، ހަމަހަމަކަމާއި، ދެގައުމުގެ ފައިދާއާއި، ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ މައްޗަށެވެ.
ދެ ގައުމުން ވެސް ވަނީ އިންވެސްޓްމަންޓް، ވިޔަފާރި، ސީމްލޭސް އޮފް ޓްރެވަލް އަދި ޕީޕަލްސް ޓު ޕީޕަލް ކޮންޓެކްޓް، ސައިންސް، އަދި ޓެކްނޮލޮޖީގެ އިނޮވޭޝަން ފަދަ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ހަރުދަނާ ކުރުމަށް އަޒުމް ކަނޑައަޅާފައެވެ.