ހަނިމާދޫ ޖޭޕީ ކެންޕޭން މެނޭޖާރ އަދި ކެންޕޭން ޓީމް މުއިއްޒުގެ ކެންޕޭނާ ގުޅިއްޖެ

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޖޭޕީ ކެންޕޭން މެނޭޖާރ މުސްޠަފާ ސަލީމް އަދި ކެންޕޭން ޓީމް މުއިއްޒުގެ ކެންޕޭނާ ގުޅިއްޖެއެވެ.

މި ޓީމް ރަސްމީކޮން ކެންޕޭނާ ގުޅުނުކަން ހާމަކުރީ މިއަދު ހަވީރު ހަނިމާދޫ ޕީޕީއެމް ޖަގަހައިގައި ކުރިއަށް ގެންދިޔަ ހަވީރުގެ ސައިގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

“އަހަރެމެން ރައްޔިތުން ގާތަށް ނުކުމެ ބުނީ މިސަރާރުކާރު ގޯސްކޮން އެތައް ކަމެއް އެބަ ކުރެއޭ، ރަށަށް ގެންނަން ބުނި ތަރައްގީގެ މަސައްކަތް ފުރިހަމަ ނުކުރެވެއޭ، އެހެންވީމާ ދެވަނަ ބުރަށް ގާސިމް ނުދިއުމުން އަދި ގާސިމް ވަކި ކޮޅަކަށް ނޭރުމުން، އިބޫ ނޫންގޮތެއް ހޯދަން މި ނިކުތީ” ޖޭޕީގެ ކެންޕޭން މެނޭޖާރ ބުންޏެވެ.

މިޓީމް ޕީޕީއެމް ޓީމާ ގުޅުމަށް ފަހު މިއަދު ވަނީ ހަނިމާދޫ މަގުތަކުގައި ހިނގާލުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

” އަހަރެމެން އޭރުވެސް ސޯލިހާ ދެކޮޅުވީ ނޭވާ ހޯޅިން ވައްކަން ކުރީމަ، މަސްކަނޑު ވިއްކާލީމާ، މިރަށުގައި އަޅަން ބުނި ހޮސްޕިޓަލް ނޭޅުނީމާ، ވަޒީފާތައް ވަކި ބައެއްގެ މުށުތެރެއަށް ލައިގެން ނުފޫޒު ފޯރުވާތީ” ޖޭޕީ ކެންޕޭން ޓީމް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ