މި ސަރުކާރަށްވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް–ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރުންކަމަށް، ސަލަފު ޖަމުއިއްޔާގެ މެމްބަރު، އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިހެން ވިދާޅުވެފައިމިވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިންކުރަމުން ދިޔަ އެމްޑީއޭ، އެ ކޯލިޝަނުން ވަކިވެ މުއިއްޒަށް ތާއީދުކުރަން ނިންމުމާއި ގުޅިގެންނެވެ.
އަލީ ރަމީޒު ވިދާޅުވީ، މިހާރު މިސަރުކާރަށްވެސް އޮތް އެންމެ ބުއްދިވެރިގޮތަކީ މުއިއްޒަށް ތާއީދުކުރުންކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަށް އިއުލާން ކުރުންކަމަށް ވެސް ވިދާޅުވިއެވެ.
Sarukaarah ves dhen oiy enme budhdhiveri gothakee Muizzu ah thaaeedhu kurun. Adhi ekan veehaaves avahakah iulaanu kurun.
— Ali Rameez (@aliramyz) September 27, 2023
އެމްޑީއޭއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއިއެކު ހެދި ކޯލިޝަން ރޫޅައިލިއިރު، އެ ޕާޓީއާއިއެކު މިހާރު ކޯލިޝަން ހަދައިގެން ތިބީ އަދާލަތު ޕާޓީ އެކަންޏެވެ.