ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން މެދުކަނޑާލައިފި

ޚަބަރު ފަހުގެ

ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވާކަމަށް ބުނާ މައްސަލައެއްގައި ލ. ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން މެދުކަނޑާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ވަގުތީގޮތުން ވޯޓުލުން ހުއްޓާލާފައިވާކަމަށެވެ. އަދިމައްސަލަ ހައްލުކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ މި މައްސަލައާއި ގުޅިގެން ހަމަނުޖެހުން އުފެދިފައިވާތަން ފެންނަ ވީޑިއޯއެއް ޓްވިޓާ ގައިހިއްސާ ކުރައްވާފައެވެ.

ޓްވީޓުގައި އޭނާ ވިދާޅުވީ ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތި ވެފައިވާކަމަށެވެ. އަދި ވޯޓު ބާތިލު ކުރަން މިފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ