ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލައިފި

ޚަބަރު ފަހުގެ

ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް ގެއްލުންދީ ވޯޓުފޮށި ފަޅާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެކަން ކުރި މީހާ ހައްޔަރުކޮށް، ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާސްތަކަށް ގެއްލުމެއް ނުވާ ކަމަށާއި އެހެންވެ އެ ވޯޓުތައް ގުނާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅައިލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ