ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާ ރޭ

ޚަބަރު ފަހުގެ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ މާދަމާ ރޭ އިއުލާންކުރަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށް ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވާދަކޮށް ކުރި ހޯއްދަވާފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ. އެގޮތުން އިންތިހާބީ ރައީސް މުއިއްޒަށް 126،842 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓްލުމުގެ ހައްގު ލިބުނުއިރު ވޯޓްލީ 246،915 މީހުންނެވެ. އެއީ ވޯޓްލެވޭ އާބާދީގެ 87.31 އިންސައްތަ އެވެ. ބާތިލު ވޯޓްގެ ގޮތުގައި 7،888 ވޯޓް ގުނާފައިވެއެވެ. ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ބާތިލު ވޯޓް ގުނި އިންތިހާބަކީ ވެސް މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ