ނިއު ދިވެހި ޕްރިމިއާ ލީގު 2023-2024 ކޮލިފިކޭޝަން ނޯތު ލީގުގައި ވާދަކުރާ ޓީމް ހަނިމާދޫ ޖޯޒީ ހަވާލުކޮށްފިއެވެ.
މިރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި ހަފުލާގައި ކުޅުންތެރިނާއި ޖޯޒީ ހަވާލުކޮށްދެއްވީ ހަނިމާދޫ ފުޓުބޯޅައިގެ ކުރީގެ ތަރިންގެ ތެރޭ ހިމެނޭ އަބްދުލް ރައޫފު އަލީ، އަހުމަދު ޒަރީރު، މުހައްމަދު އަލީ މުހައްމަދު މޫސާއެވެ. އަދި އަންހެން ކޮމެޓީ ރައީސާ ޝިއުނީވެސް ޖޯޒީ ހަވާލު ކުރުމުގައި ބައިވެރި ވެލެއްވިއެވެ.
ޓީމް ހަނިމާދޫ މިފަހަރުގެ ފުރަތަމަ ކައްޕިއަކީ އާލިފް އިބްރާހިމެވެ. ދެވަނަ ކައްޕިއަކީ ހަނިމާދޫ އެދަރިޔަކަށް ފަހުރުވެރިވާ ފުޓްބޯޅައިގެ މޮޅު ކުޅުމެއް ދެއްކި އާދަމް ސަލީމްގެ ދަރިފުޅު އާސިފް ސަލީމެވެ. ތިންވަނަ ކައްޕިއަކީ އަހުމަދު އަލީއެވެ. މި ކުޅުންތެރިނަށް ކެޕްޓަން ބޭންޑު ހަވާލު ކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބަދުލް ސައްތާރު ހަސަނެވެ.
ޓީމް ހަނިމާދޫ ކުޅޭ އެއް މެޗު ފިޔަވާ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ. ހަނިމާދޫ ޓީމް ރަށުން ބޭރުގައި ކުޅޭނި މި މަހުގެ 28 ވަނަ ދުވަހު ދިއްދޫއާއި ބައްދަލު ކުރާ މެޗެވެ.
މާދަމާ ނިއު ދިވެހި ޕްރިމިއާ ލީގު 2023-2024 ކޮލިފިކޭޝަން ނޯތު ލީގު ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫ އަދި ކުޅުދުއްފުށީ ޒިގްޒެގްއާއެވެ.


