އިންތިހާބީ ރައީސް ޑރ.މުއިއްޒު، އިނގިރޭސި ސަފީރާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މުއިއްޒުގެ ގެކޮޅު، ދިމްޔާތުގައި މިއަދު ހެނދުނު 08:55 ހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ފުރަތަމަ ޑިޕްލޮމެޓެވެ. މުއިއްޒު މަތީ ތައުލީމް ހާސިލުކުރެއްވީވެސް އިނގިރޭސިވިލާތުންނެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް (ސެމްބެ) ވެސް ހުންނެވިއެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީޕްރޯ މޯލްޑިވްސް ސިޔާސަތުކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތުކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ ކޮންމެ ގައުމަކާ ގާތް ގުޅުން ބާއްވަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ