އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިކުރުމަށް މުއިއްޒު އެދިލައްވައިފި

ޚަބަރު ފަހުގެ

އިންތީހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، އެކުވެރި އަރަބި އިމާރާތުން (ޔޫ.އޭ.އީ) ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުން، އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިކުރުމަށް މުއިއްޒު އެދިލައްވާފައިވާކަމަށް އިންގާލީ ތަރުޖަމާން މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް، ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ފިރްޒުލް ވިދާޅުވިއެވެ

އިޝްތިހާރު
އިޝްތިހާރު

ބައްދަލުވުމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ

އެކުވެރި އަރަބި އިމާރާތުން ކަނޑައަޅުއްވާފައިވާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެޔޫ.އޭ.އީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވެވިއެވެ.

ގިނަ އަދަދެއްގެ ސަފީރުން މިއަދު ވަނީ އިންތިހާބީ ރައީސް އާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި، އިންޑިއާ، ޗައިނާ އަދި އިނގިރޭސި ވިލާތް ފާހަގަކޮށްލެވެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ