ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑް އާއި ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ޑިންގީހާރބަރ، ކޮމާޝަލް ޑެވެލޮޕްމެންޓް އަދި ވެހިކިއުލަރ ހާބަރ ތަރައްގީކުރެވިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހަބަރ އަކަށްވެފައި މި ހަބަރއަކީ އެކަށޭނެ ބޮޑުމިނެއްގެ ހަބަރއަކަށްނުވުމުން، މި މަޝްރޫއުމެދުވެރިކޮށް ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ފަސޭހަވެގެންދާނެއެވެ. ހަމަ އެހެންމެ ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރ އެއް ނެތުމުން، ދިމާވާ ދަތިތަކަށް ވެހިކިއުލަރ ހާބަރ ތަރައްގިކުރުމުން ހައްލު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ސަރަހައްދުގައި ޕާރކިންގް ޒޯންއެއް ތަރައްގީކުރެވިގެންދާނެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާރކް ކުރުމަށް ދިމާވެފައިވާގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެއެވެ. އެގޮތުން ކާރު، ސައިކަލް ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަޕާރކިންގ ސްޕޭސް ގާއިމްކުރެވިގެންދާނެއެވެ. ހަމަ މިއާއެކު ކޮމާޝަލް ޑެވެލްޕްމެންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރެވިގެންދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ