އިންޖީނު ހުއްޓުނު ދޯންޏަކަަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ޚަބަރު ފަހުގެ

އދ.އޮމަދޫން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަނަތީޖާދޯނީގެ އިންޖީނު ހުއްޓި ރިޕޯޓުކުރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ

ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯނި، ރ.މާކުރަތުގެ 6 ނޯޓިކަލް މޭލު ބޭރުން ބެޓެރި ފެއިލްވެ، އިންޖީނު ހުއްޓުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 21:58 ހާއިރެވެ. މިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެހާބަރކްރާފްޓް 116″ ވަނީ ދޯނި ސްޓާޓު ކުރުމަށް ބޭނުންވާ ބެޓެރި ހިފައިގެން ރޭ ދަންވަރު 02:18 ހާއިރު ދޯނި އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ސަރަހައްދަށް ދަތުރުކުރި ސިފައިންގެ އެހީތެރިކަމާއެކު ބެޓެރި ބަދަލުކޮށް، މިއަދު 09:03 ހާއިރު ދޯނީގެ އިންޖީނު ސްޓާޓު ކުރެވި، ދޯނި ވަނީ ކުޅުދުއްދުއްޓަށް ދިއުމަށް ފުރާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ