އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުން ކުރަމުން އަންނަ ކެމްޕޭނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ހިންގާލަން ނަމުގައި މިނިސްޓަރ ފައްޔާޒަށް ތާއީދުކުރައްވާ ޓީމުން ޝިއާރު ކަނޑައަޅާފައިވާއިރު، ރައީސް ނަޝީދު ވަނީ ޕާޓީ ހިންގަން ނުޖެހޭ ކަން ފާހަގަކުރައްވައި، އެ ކަމުގައި އެ ޕާޓީ މިހާތަނަށް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ކ.ހިންމަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ފައްޔާޒް ދެއްކި ވާހަކައިގައި ވިދާޅުވެފައިވަނީ އންތިޚާބުގައި މިހާތަނަށް ދަތުރު ކުރެވުނު 115 ރަށުން އިވުނު އަޑަކީ އެމްޑީޕީ، ނުހިނގާކަމުގެ ވާހަތައް ކަމަށާއި، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް މިކަންބޮޑުވުންތަކަށް ހައްލުގެންނަވާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން، މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެބޭފުޅުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ވަނީ ވާދަވެރިކަން ބޮޑުވެ ހަމަނުޖެހުން އުފެދިފައެވެ.


