ހަނިމާދޫގައި ކުރިއަށް ގެންދިޔަ ޖަނާޒާ ކޯސް ނިންމި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޑަބްލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ވަަސުންނާ ގުޅިގެން ހދ. ހަނިމާދޫގައި ހިންގި ޖަނާޒާ ކޯސް ކާމިޔާބުކަމާއެކު ނިންމި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

ސެޓިފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް މިރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވަމުން ގެންދަވާ، އަލްފާޟިލް އިބްރާހިމް އަލީއެވެ. ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ، އިބްރާހިމް އަލީގެ އިތުރުން، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން، އަދި ހަނިމާދޫގައި ކަށުކަމާކެމީގައި އިސްކޮށް ހަރަކާތްތެރިވަަމުންދާ، މުހައްމަދު ރަޝީދު، ޒާހިދާ އަބްދުއްރަހުމާން، އަދި ޢަބްދުﷲ ރައްޒާގު އިބްރާހިމްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖުލައި 6 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަަލަށް ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި މިކޯސް ކުރިއަށް ގެންގޮސްފައިވާއިރު، 8 ފިރިހެނުން އަދި 22 ކަނބަލުން ވަނީ މި ކޯހުގައި ތައުލީމް ހާސިލްކޮށްފައެވެ. މިއީ އެމްކިއުއޭ ލެވަލް 1 ގެ ސެޓިފިކެޓް ފެންވަރުގެ ކޯހެކެވެ. އަދި މިއީ ދާރުލް ޤުރުއާން ވަަސުންނާ ޖަނާޒާ ލެވަލް 1 ގެ 49 ވަނަ ބެޗެވެ.

އެގޮތުން، މި ކޯހުގައި ކިޔަވައިދެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ކަމާއެކު މިފަދަ ކޯސް ކުރިއަށް ގެންގޮސްފައިވާ ޢަބްދުއް ލަތީފް އަހްމަދާއި ޢަބްދުނަސީރު އަދި އައިމިނަތު ޢަބްދުލް ހަކީމެވެ. މިކޯހުގައި ކުރިއަށް ގެންދެވުނު ބައިތަކުގެ ތެރޭގައި ޖަނާޒާ އަމަލީ އަދި ތިއަރީގެ އިތުރުން ފިގުހުގެ ބައި ހިމެނެއެވެ.

މިކޯހުގެ އެންމެހައި ހަރަދުތައް ބަލަހައްޓައިފައިވަނީ ހަނިމާދޫ ޑަބްލިއު.ޑީ.ސީގެ ބަޖެޓުންނެވެ. މިކަމަށް 60،000 ރުފިޔާ ހޭދަކުރަން އެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ހަނިމާދޫގެ ޑަބްލިއު.ޑީ.ސީގެ ރައީސް އައިޝަތު ޝިއުނީ ވަނީ މި ކޯސް ކާމިޔާބުކަމާއެކު ހިންގުމަށް އެހީތެރިވެލެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ