މާލޭ ސިޓީގައި މީހެއްގެ އަތުން ފޭރިގެން، ފިލަން ސައިކަލު ދަނިކޮށް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 07:02 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ާއެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށް ފަހު ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ލިލީ މަގުގެ ދިވެހި އިންޝުއަރެންސް ކައިރީގައެވެ.