ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ފަހުގެ ސިޔާސީ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އިންތިޚާބުވެ ވަޑައިގެންނެވި ރައީސް، ޑރ މުޙައްމަދު މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި، ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް އިރުޝާދު ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ހޯދައިދިނުމަށާއި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ