އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މިހާދު

ޚަބަރު ފަހުގެ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ބޯޑުގެ ޗެއާމަންއަކަށް ކުރީ ސަރުކާރުގައި އެކުންފުނީގެ އެމްޑީކަން ކުރެއްވި މ. މޮންޓިރިއަލް މުހައްމަދު މިހާދު އައްޔަންކޮށްފި އެވެ.

އައިލޭންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ހަމަޖެއްސި މިހާދަކީ އޮސްޓްރޭލިއާގެ އެޑިތް ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވައި ސިންގަޕޫރުގެ ބީއެމްސީ ކޮމާޝަލް ޓްރެއިނިން ސެންޓަރުން ޑިޕްލޮމާ އިން އެކައުންޓިން އެންޑް ބިޒްނަސް ސްޓަޑީޒް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމު އަދި ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައި ހުންނެވި މިހާދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ ބޯޑް މެންބަރެއްގެ މަގާމުވެސް ފުރުއްވާފައި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި މިހާދު މޯލްޑިވިއަންގެ އެމްޑީއަކަށް އައްޔަނުކުރެއްވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ އެކުންފުނީގެ ޗެއާމަންއަކަށް މިހާދު އައްޔަނުކުރެއްވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވާފައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ