ކުލަޖެއްސުމަކީ ހީނުކުރާހާ ފައިދާހުރި ކަމެއް

ފަހުގެ ޞިއްހަތު

ކުލަޖެއްސުމަކީ، ކުޑަކުދިންނަށް މަޖާ ހަރަކާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކަމެކެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން މިކަމަކީ ރަނގަޅު ނަފްސާނީ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަމެއްކަން ހާމަވެއެވެ. ކުލަ ޖެހުމުގެ މަގުބޫލުކަން ފަހަކަށް އައިސް ޚާއްސަކޮށް ބޮޑެތި މީހުންގެ މެދުގައި ވަނީ އިތުރުވެފައެވެ.

ކުޑަކުދިންގެ ކުލަޖައްސާ ފޮތްތަކުގައި ކާޓޫން ކެރެކްޓަރުތަކާއި ސާދާ ޑިޒައިންތައް ފެންނައިރު، ބޮޑެތި މީހުންގެ ކުލަޖައްސާ ފޮތްތަކުގައި މާތަކާއި، އާޓްވޯކްތަކާއި، މަންޑަލާ ނުވަތަ ޖަނަވާރުތަކުގެ ފަރުމާތައް ހުރެއެވެ. މިފަދަ ފޮތްތައް ގަންނަން ލިބޭއިރު، އޮންލައިންކޮށް ހިލޭ ކުލަ ޖަހާ ޞަފްޙާތައް ޕްރިންޓްވެސް ކުރެވޭނެއެވެ. ޑިޖިޓަލް ވާޝަނަކަށް އިސްކަންދޭ މީހުންނަށް މޯބައިލް ޑިވައިސްތަކަށް ކުލަ ޖައްސާ ގިނަ އެޕްތަކެއް ލިބެން ހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމަކު ބޮޑެތި މީހުންގެ ކުލަ ޖެހުން އެހާ މަގުބޫލުވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ކުލަ ޖެއްސުމަކީ ސްޓްރެސް ފިލުވައިދޭ ސިއްހަތަށް ފައިދާހުރި ގޮތެކެވެ. އެއީ ސިކުނޑި ހަމައަކަށް އަޅުވައިދީ ހަށިގަނޑު ރިލެކްސް ކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ވަރުބަލިކަން ފިލުވާލަދީ ގައިގައި ރިއްސުމާއި، ހިތުގެ ތެޅުމާއި، ނޭވާލުމާއި، ޑިޕްރެޝަން އަދި ހާސްކަމުގެ އިހުސާސްތައްވެސް ކުޑަކޮށްދޭ ކަމެކެވެ.

ކުލަޖެއްސުމަކީ ސްޓްރެސް އާއި ހާސްކަމުގެ އެންމެ މޮޅު ފަރުވާއެއް ނޫން ނަމަވެސް، ކުލަޖެއްސުމުގެ ސެޝަނެއްގައި ގިނައިރު އިށީނދެ އުޅުމަކީ ވަރަށް އަގުހުރި ކަމެކެވެ. އެގޮތުން ކުލަ ޖައްސާއިރު ނޭވާލާ ގޮތަށް ސަމާލުކަންދީ، ޑައިފްރަމް އިން އެއްވަރަކަށް ފުރިހަމަ ނޭވާތައް ޔަގީންކޮށް، ކުރެވެން އޮތް ނަމަ ވަކިވަކިން ހިތުގެ ދުވެލި ޓިއުން ކޮށްލާށެވެ. މީގެ ސަބަބުން ހާސްކަން ދުރުވެ ހަށިގަނޑު ރިލެކްސްވާނެއެވެ.

ކުލަޖައްސަން ރަނގަޅު ގޮތެއް ނުވަތަ ގޯސް ގޮތެއް ނެތެވެ. ކުލަޖެއްސުމަކީ ވާދަވެރި ނޫން ހަރަކާތެއް ކަމުން، އިނާމެއް ހޯދުމަށް ނުވަތަ ގަޑި ހަމަކުރުމަށް ޕްރެޝަރެއް ނެތެވެ. ބޭނުންހާ ދުވަހަކު ނުވަތަ ބޭނުން ވަރަކަށް މަދު ވަގުތުކޮޅަކަށް ކުލަޖައްސާލެވިދާނެއެވެ. އެއްފަހަރުން ތަސްވީރެއް ނިންމާކަށްވެސް ނުޖެހެއެވެ.

ވީމާ ކުލަޖެއްސުމުގެ ސާދާ ރީތިކަމުން އުފާ ހޯދަން މަސައްކަތް ކުރާށެވެ. ތިބާގެ ފޮޓޯ ރީތިކޮށް ނުވަތަ ގޯސްކޮށް ހުރި ނަމަވެސް މުހިންމެއް ނޫނެވެ. މުހިންމީ ކުލަ ޖައްސަމުން ދިޔައިރު އުފާވެރިކަމާއި ރިލެކްސޭޝަން ހޯދުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ