އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކްލަބުން އެކުލަބު އަންހެން ވޮލީ ޓީމް 17 ސެޕްޓެމްބަރު 2021 ވީ ހުކުރުދުވަހު މާލޭގައި އެކުވެރިކަމުގެ 2 ވޮލީމެޗެއް ކުޅެފިއެވެ.
މި މެޗުތަކާގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ކުލަބުގެ ރައީސް ވިދާޅުވީ ރަށުގައި ދެ ހަފްތާގެ ވޮލީ ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންދަމުން އިތުރު ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ރަނގަޅު މެޗްތަކެއް ކުޅުމަށް ނިންމާފައިވާއި ވުމާއިއެކު މާލެ ގޮސް މެޗްތަކެއް ކުޅުނީކަމަށެވެ.
މިގޮތުން ހުކުރު ދުވަހު ހަވީރު ކުޅުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އަންހެން ޓީމަކާއި އެކުއެއެވެ. މި މެޗަކީ ސޮފްވާން ކޯޗްގެ ދައުވަތަށް ކުޅެވިގެން ދިޔަ މެޗެއް ކަމަށާއި، މިއި ބޮޑުފޮޅުދޫގެ އަންހެން ޓީމެއް މާލެ ގޮސް ކުޅުނު ފުރަތަމަ މެޗެވެ. އަދި އިންޑޯ ކޯޓެއްގައި ކުޅުނު ފުރަތަމަ ފަހަރު ކަމަށްވެސް އާރުބީޖީ ސްޕޯރޓްސް ކްލަބުގެ ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އަންހެން ޓީމަ ވާދަކުރި މެޗު ކުޅެފައި ވަނީ އެމް އެން ޔޫ އިންޑޯ ކޯޓުގައެވެ. މިމެޗު 3-1 ސެޓުން ކާމިޔާބު ކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އަންހެން ޓީމެވެ.
” މިއީ އާރުބީޖީ ސްޕޯރޓްސް ކްލަބުގެ އަންހެން ވޮލީ ޓީމަށް ލިބުނުކުރިއެރުމެއް، އަދި އިތުރު ތަޖުރިބާއެއް، ރަނގަޅު ކުރަން ޖެހޭ ގިނަކަންތަކެއް ފާހަގަ ކުރެވިއްޖެ، ނެޝަނަލް ޓީމުގައި ހިމެނޭ ކުޅުން ތެރިންތަކެވެސް އިދިކޮޅުގައި ތިބުން އެއީ އައު ކަންތައްތަކެއް ތަޖުރިބާ ކުރެވުނު ކަމެއް، ސެޓުތައް އެހާ ގޯހެއްނޫން ވަރަށް ވާދަވެރި ހަމަ” އެމް އެން ޔޫ ޓީމްގެ ކޯޗް ސޮފްވާން ވިދާޅުވިއެވެ.
ދެވަނަ މެޗު ކުޅެފައި ވަނީ އެރޭ ހުޅުމާލޭގައެވެ. ހުޅުމާލޭ އެޗް ޑީސީ ޕާރކް ވޮލީކޯޓްގައި ކުޅުނު މިމެޗް ގައި ބައްދަލު ކުރީ ހުޅުމާލެ ޕާރކް ވުމަންސް ވޮލީ ޓީމް އެވެ. މި މެޗްވެސް ފޯރިގަދަ ކުޅުމަކަށްފަހު 3-1 ސެޓުން ކާމިޔާބު ކުރީ ޕާރކް ވުމަންސް ޓީމް އެވެ.

މި މެޗުތައް ބެލުމަށް މާލޭގައި ދިރިއުޅޭ އެ ކުލަބުގެ ގިނަ މެމްބަރުންތަކެއްގެ އިތުރުން ރަށުގެ ގިނަބަޔަކު ގޮސްފައިވެއެވެ.
އާރު ބީޖީ ޓީމްގެ ކޯޗް އާމިރު އިބްރާހިމް އާއި ހަވާލާދީ ރައީސް ނަސީމް ވިދާޅުވީ މިއީ ފެށުން ކަމަށާއި، މެޗުގައި ކުޅުންތެރިންގެ ކުޅުން ރަނގަޅުކަމަށާއި ވަރުގަދަ ފިޒިކަލް ޓްރެއިނިންގ ތަކެށް ކުރަމުން ކުޅުންތެރިން ރެސްޓް އަކާއި ނުލާ ކުޅެން ޖެހުމުން ވަރުބަލިކަން ޓީމްއިން ފެނިގެން ދިޔަކަމަށެވެ. އެހެން ނަމަވެސް މިވަރުގެ ޓީމްއެއް އަތުން ސެޓްތަކުގެ ނަތީޖާއަށް ބަލާއިރު ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ކުރިމަގު އުޖާލާކޮށް އޮތްކަން ކޯޗް ފާހަގަކޮށްފައިވެއެވެ.
” ކުލަބުގެ އަމާޒަކީ ރަނގަޅު މުބާރާތެއްގައި މި ޓީމްތައް ކުޅެވޭނެ ފެންވަރަކަށް ޓީމް ތައްޔާރު ކުރުން، އަދި ކުލަބުގެ ފިރިހެން،އަންހެން ޓީމްތަކަށް ބޭނުންވާ ޓްރެއިނިންގް ރާއްޖޭގެ ތަޖްރިބާކާރު މޮޅު ކޯޗުން ގެނެސްގެން ކުޅުންތެރި ރަނގަޅު ކުރުން.” އާރުބީޖީ ސްޕޯރޓްސް ކްލަބުގެ ރައީސް


