ރިޔާސީ އިންތިހާބު އޮބްޒާވްކުރި އީޔޫގެ ބޭފުޅުންނާ ޑރ. މުއިއްޒު ބައްދަލުކުރައްވައިފި

ފަހުގެ ސިޔާސީ

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަ މިޝަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންތިހާބީ ނައިބް ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގެ ކަންކަން ބެލުމަށް އީޔޫ އިން ދީފައިވާ ސަމާލުކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

އޮބްޒާވަރ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން އިންތިހާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ދައުރުގައި މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް މުސްތަގިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވިއެވެ.

އިންތިގާލީ މަރުހަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ