ހުޅުމާލެ ފޭސް 3 ސައިޓް އޭގެ 70 އިންސައްތަ ހިއްކާ ނިމިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ފޭސް 3 ސައިޓް އޭގެ 70% ވަނީ ހިއްކާ ނިމިފައިކަމަށާއި، މި ހަފްތާގެ ހުކުރު ދުވަހަށް ސައިޓް އޭ އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށް އަރބަންކޯއިން ބުނެފިއެވެ.

ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނި ސައިޓް ބީއެވެ. އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެންގެވުމަށް އަރބަންކޯއިން އެދެއެވެ.

އިޝްތިހާރު
އިޝްތިހާރު

.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއްކަމަށްވެސް އަރބަންކޯއިން ފާހަގަކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ