ފްލެޓް ލިސްޓް ތަރުތީބުކުރުމާއެކު ކޮންޓްރެކްޓްގައި ސޮއިކުރަން ފަށާނަން: އެފްޑީސީ

ޚަބަރު ފަހުގެ

ސަރުކާރުން މިހާރު ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ތަރުތީބުކުރުމުގެ މަސައްކަތް ނިމުމާއެކު، ކޮންޓްރެކްޓުގައި ސޮއިކުރަން ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތައްޔާރުވެފައިވާ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެފްޑީސީިން ވިދާޅުވީ، 6 ޓަވަރެއްގެ ކޮންސްޓަރކްޝަން ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށެވެ،

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އެފްޑީސީއާއި ހަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިން ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މިހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓާއި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.


މިޕްރޮޖެކްޓަކީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކުރައްގެން ކުރިއަށްގެންދާ މަޝްރޫޢަކަށްވާތީ، ފްލެޓްތައް ހަވާލުކުރުމުގެ މަރުޙަލާގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނީ އެކޯޕަރޭޝަނުންނެވެ. އެހެންނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލުމުގެ ހުރިހާ މަސައްކަތަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މިނިސްޓްރީން މިހާރުވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓްގައި ހިމެނޭ ހުރިހާ މީހުންނަށް އެކަން އަންގަވާފައެވެ. ނަމަވެސް މިހާރު ތަރައްޤީކުރަމުންދާ 4000ޔުނިޓް ލިބޭ މީހުގެ ލިސްޓް އަދި ތަރުތީބުކުރައްވާފައެއް ނުވެއެވެ.

އެފްޑީސީން ވިދާޅުވީ މިނިސްޓްރީން ލިސްޓް ތަރުތީބުކުރައްވާ ހަވާލުކުރެއްވުމާއެކު، ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތްތައް ފައްޓަވާނެކަމަށެވެ. އެކަމަށް އެފްޑީސީން އޮތީ ތައްޔާރަށް ކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

މިޕްރޮޖެކްޓްގައި ހިމެނެނީ 2 ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. 2 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ އެޕާޓްމަންޓްތަކެވެ. އަދި 3 ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. ކޮންޓްރެކްޓަރާއި ހަވާލުކުރި ޓައިމްލައިނާ އެއްގޮތަށް، އަންނަ އަހަރުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިމެނޭނެއެވެ.

ސަރުކާރުން ތަރައްޤީކުރާ 4000 ޔުނިޓް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައްވެސް މުޅިން ނިންމުމަށްފަހުއެވެ. އެގޮތުން ތަށިމުށި ޖެހުމާއި، ކުލަލުމާއި، ސީލިން މަސައްކަތްތަކާއި، ފާޚާނާވެސް ހުންނާނީ ނިންމާފައެވެ.

ސަރުކާރުން ފްލެޓަށް ހުޅުވާލި ފުރުޞަތަކީ މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިލެވޭގޮތަށް ހުޅުވާލި ފުރުޞަތެކެވެ. 20000އަށްވުރެ ގިނަ މީހުން ފްލެޓަށް ކުރިމަތިލިއިރު، މީގެތެރެއިން 15000އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެ ދާއިމީ ލިސްޓްގައި ހިމަނާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ