ހަނިމާދޫ ދޮށީ އުމުރުގެ މީހާއަށް އަނިޔާކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ދޮށީ އުމުރުގެ މީހާއަށް އަނިޔާކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިމަހު 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ހދ. ހަނިމާދޫގެ ގެއަކަށް މީހަކު ވަދެ އެ ގޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު މައްސަލަގައި ވަނީ 25 އަހަރު ޒުވާނަކު ހައްޔަރުކޮށްފައެވެ. އެޒުވާނައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެކެވެ. އަދި ކުށުގެ ރިކޯޑު އޮންނަ ޒުވާނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެޒުވާނާ ބަންދުގެ މުއްދަށް ދެވަނަ ފަހަރަ އިތުރު ކޮށްފައި މިވަނީ 4 ވަނަ ދުވަހު ހަނިމާދޫ ކޯޓުން ޖެހި 7 ދުވަހުގެ މުއްދަށް ހަމަވުމުން ބަންދާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހަޒިރު ކުރުމުނެވެ. މިފަހަރު އެ ޒުވާނާގެ ބަންދަށް 12 ދުވަސް ވަނީ ކޯޓުން ޖަހައިދީފައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ދޮށީ އުމުރުގެ މީހަކީ އާދަމް ޔޫސުފުއެވެ. އޭނާގެ ބޮލުގައި ފިހިގަނޑެއްގެ ދަނޑިން ޖަހައި ބޯ ފަޅާލާ މޫނުމައްޗާއި ކޮނޑުމަތި ޒަހަމްކޮށްލާފައިވެއެވެ. އަދި ސަލާމަތަށް އެދި ހަޅޭއްލަވަން ފެށުމުން އަނގަމަތިވެސް ފަޅާލިއެވެ.

އެރޭ އޭނާއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ޖެހިގެން އައިދުވަހު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް ފޮނުވާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ