ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

ޚަބަރު ފަހުގެ

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 22 އޮކްޓޯބަރ 2023ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި މި އެވޯޑް ދޭނެ ދުވަހެއް ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ޒުވާނުންގެ އެވޯޑަށް 16 ދާޢިރާއަކުން ވަނީ ކުރިމަތިލުމަށް ހުޅުވާލާފައެވެ.

2022 ވަނަ އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފައިވެއެވެ.

ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން، ގައުމީ ފެންވަރުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް ދޭ އެވޯޑެކެވެ.

ގައުމީ ފެންވަރުގައި ރާއްޖެއިން ޒުވާނުންގެ ދުވަހެއް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެގޮތުން ގައުމީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ