ދަ ޑިމޮކްރެޓްސްގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

ފަހުގެ ސިޔާސީ

ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ ދައުރުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވައިލައިފިއެވެ.

އެޕާޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ދާއިމީ މަގާމުފުރާތަކަށް މީހުން އިންތިޚާބުކުރުމަށް ޕާޓީގެ މެންބަރުންގެ މެދުގައި އާންމު އިންތިޚާބުތައް ބާއްވަންޖެހޭކަމަށެވެ. 

އިޝްތިހާރު
އިޝްތިހާރު

ޑިމޮކްރެޓްސްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއް މަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހަށެވެ.

އެހެންކަމުން 15 ނޮވެންބަރުގެ ނިޔަލަށް އެ ޕާޓީއަށް ވަންނަ ކޮންމެ މީހަކަށްވެސް އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް ޑިމޮކްރެޓްސްގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަށް ވޯޓު ލުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 2 ޑިސެންބަރު ގައެވެ. އަދި 20 ނޮވެންބަރުގެ ނިޔަލަށް އެ ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާ، ޕާޓީ ދަފްތަރުގައި ޖެހޭ މީހުންނަށް އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންދާނެކަމަށްވެސް ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.

ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ގުޅޭ މައުލޫމާތު އެ ޕާޓީގެ ވެބްސައިޓުން މިހާރު ލިބެން އެބަހުއްޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ